ދިވެހިރާއްޖެ އާއި އިސްރާއީލާ ދެމެދު ވައިގެ ދަތުރުފަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާއި ހިލާފު، އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖެ އާއި އިސްރާއީލާ ދެމެދު ވައިގެ ދަތުރުފަތުރު ކުރުމާއި ގުޅޭ ގޮތުން މިހާތަނަށް އެއްވެސް ވަރަކަށް މަޝްވަރާ ކުރެވި އަދި ދަތުރު ކުރުމަށް އެއްވެސް އެއާލައިނަކަށް ހުއްދަ ދީފައި ނުވާނެ ކަމަށެވެ. އަދި ވައިގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމާ ގުޅޭ އެއްވެސް އެއްބަސްވުމެއްގައި ސޮއި ކޮށްފައި ވެސް ނުވާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ދިވެހި ސަރުކާރުން މިފަދަ ހުއްދައެއް ދިނުމަށް ވިސްނާފައި ނުވާ ކަމަށާއި އަދި އިސްރާއީލާ ދެމެދު ވައިގެ ދަތުރު ފަތުރު ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ނިންމާފައި ނުވާ ކަމަށާއި ފަތުރަމުންދާ މައުލޫމާތަކީ ހަގީގަތާ ހިލާފު އެއްވެސް އަސާސެއް ނެތް މައުލޫމާތެއް ކމަށް ވަނި ބުނެފަ އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން މިހެން ބުނެފައިވާއިރު ބޭރުގެ ބައެއް މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ރާއްޖެއާއި އިޒްރޭލާ ދެމެދު ދަތުރުކުރުމަށް މިހާރު ޓިކެޓްވެސް ވިއްކަމުންދާ ކަމަށް ވަނި ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު