ހުރަވީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައި، ސިޔާސީ ޖަޒުބާތުތަކުގެ ކުރިއަށް ގައުމީ އިހުލާސްތެރިކަން ނެރުމަށް ގޮވައިލައްވައިފިއެވެ.
މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ މިނިވަންކަމާއި ސިޔާދަތު އަދި އިސްލާމްދީނުގެ ހައްގުގައި ހިތްވަރުގަދަ ޖިހާދެއް ކުރައްވައި، މަލާބާރީންގެ ވަކިތަކުން ރާއްޖެ ސަލާމަތްކުރެއްވި ގައުމީ ބަތަލު ދޮންބަންޑާރައިން ސުލްތާން ގާޒީ ހަސަން އިއްޒުއްދީންގެ ފުރާނަފުޅަށް ހެޔޮ ދުއާ ކުރައްވައިފައެވެ.
ހުރަވީ ދުވަހުގެ ތާރީހީ ހާދިސާއަށް ގާތްގަނޑަކަށް ތިން ގަރުނު ފުރެން ކައިރިވަމުން އަންނަ އިރު، މިއަދު ދުނިޔޭގެ ކަންކަން ހިނގާ ގޮތާއި މިނިވަންކަން ދިފާއުކުރަންޖެހޭ ގޮތާ މެދު ފުންކޮށް ވިސްނުން ވަރަށް މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ. ތާރީހުގެ ލޯގަނޑުން ދައްކާ މަންޒަރުން ފިލާވަޅު ލިބިގަނެ މުސްތަގުބަލު އުޖާލާކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޒާތީ އަރާރުންތަކުގެ ކުރިއަށް ޖަމާއަތުގެ ބާއްޖަވެރިކަން އިސްކުރަންޖެހޭ ކަމަށެވެ. އަދި ވެރިކަމުގެ ދަހިވެތިކަމާއި ހަސަދަވެރިކަމުގެ ކުރިއަށް ގައުމީ ސަލާމަތާއި ފުދުންތެރިކަމާއި ދިވެހި ކޮންމެ ފަރުދެއްގެ އުފާވެރިކަމަށް ތަންދޭންޖެހޭ ކަމަށް ވިދާޅުވިއެވެ.
"ދަރަނީގެ އަޅުވެތިކަމުގައި ފަނާވާން ނުތިބެ ފުދުންތެރިކަމުގެ ފާގަތި ފަތިހަކަށް މަރުހަބާ ކިޔާން އެބަ ޖެހޭ،" ރައީސް ވިދާޅުވިއެވެ.
ޕޯސްޓް ނިންމަވައިލައްވަމުން ރައީސް ވަނީ ދިވެހި ގައުމަށް ކުރިއެރުމާއި ކާމިޔާބީ ދެއްވައި، ރާއްޖެ މިނިވަންކަންމަތީ އަބަދަށް ލެހެއްޓެވުމަށް އެދިވަޑައިގެން ދުއާ ކުރައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް