މާލޭގެ ގެއެއްގެ ތިން ވަނަ ބުރިން އަންހެނަކު ވެއްޓިއްޖެ އެވެ.

ފުލުހުން ބުނީ ހެންވޭރު ގެއެއްގެ ތިން ވަނަ ބުރިން މީހަކު ވެއްޓިގެން އެކަމުގެ ރިޕޯޓް މިރޭ 00:39 ގައި ލިބިފައިވާ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވެފައިވަނީ ދިވެހި އަންހެނަކަށެވެ. ފުލުހުން ބުނީ އަނިޔާވި އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. ނަމަވެސް އެ އަންހެން މީހާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ނުދެއެވެ.

މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.