ޔޫރޯ 2020 ގެ ގްރޫޕް އޭގެ ދެވަނަ ބުރުގައި ތުރުކީއާއި ވޭލްސް ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!
ޔޫއެފާ ޔޫރޯގެ ގްރޫޕް ސްޓޭޖުގައި މިރޭ ތުރުކީން ވޭލްސްއާ ދެކޮޅަށް ނުކުންނާނީ އަޒަރުބައިޖާންގެ ބަކޫގައި. ފުރަތަމަ މެޗުގައި އިޓަލީ އަތްދަށު ވެފައި އޮތުމުން ތުރުކީއަށް މިރޭގެ މެޗު އިންތިހާއަށް މުހިއްމު. މިރޭގެ މެޗުން ބަލިވެއްޖެ ނަމަ ޔަގީން މަގާމެއްގައި ގަދަ 16 އަށް ދާން ތުރުކީއަށް އޮތް ފުރުސަތު ގެއްލޭނެ. ދެން ގަދަ 16 އަށް ދާން ތުރުކީއަށް ޖެހޭނީ އެހެން ގްރޫޕުތަކުގެ ނަތީޖާއަށް ބަލަން ތިބެން. ވޭލްސް ފުރަތަަމަ ކުޅުނު މެޗުގައި ސްވިޒަލޭންޑް އަތުން ލިބުނީ ޕޮއިންޓެއް. ފުރުސަތުގެ ބޭނުން ހިފަން ވޭލްސްވެސް ތައްޔާރުވާނެކަން ޔަގީން.
- ގެރެތު ބޭލް - ވޭލްސް
- އުމުރު: 31 އަހަރު
- ކްލަބު: ރެއާލް މެޑްރިޑް
- މަގާމު: ވިންގާ
- ގައުމީ ޓީމަށް ކުޅުނު މެޗުގެ އަދަދު: 93
- ގައުމީ ޓީމަށް ޖެހި ގޯލްގެ އަދަދު: 33
- ކެރިއަރުގައި ބޭލް ވަނީ 400 އަށްވުރެ ގިނަ މެޗު ކުޅެފައި
- އޭނާއަކީ ވޭލްސްގެ ކެޕްޓަން
- ބޭލް ވަނީ ޓޮޓެންހަމްއިން ވިދާލައި ރެއާލް މެޑްރިޑްގައި ގިނަ ކާމިޔާބީތަކެއް ހޯދާފައި
- ތުރުކީ - ބުރަކް ޔިލްމާޒް
- އުމުރު: 35 އަހަރު
- ކްލަބު: ލިލް
- މަގާމު: ފޯވަޑް
- ގައުމީ ޓީމަށް ކުޅުނު މެޗުގެ އަދަދު: 68
- ގައުމީ ޓީމަށް ޖެހި ގޯލްގެ އަދަދު: 29
- ތަޖުރިބާކާރު ފޯވަޑް ވަނީ ގިނަ ކްލަބުތަކަށާއި ގައުމީ ޓީމަށް ކެރިއަރުގައި 600 އަށްވުރެ ގިނަ މެޗު ކުޅެފައި
- ޔިލްމާޒްއަކީ ތުރުކީގެ ލީޑަރު، ކެޕްޓަން
- މިދިޔަ ސީޒަންގެ ފްރާންސް ލީގު ލިލް އާއެކު ކާމިޔާބުކުރި
- ތުރުކީގެ ޑޮމެސްޓިކް މުބާރާތްތައް ކާމިޔާބު ކޮށްފައިވާ ފޯވަޑެއް
ވޭލްސް އާއި ތުރުކީ މިހާތަނަށް ހަ މެޗެއްގައި ކުރިމަތިލާފައިވޭ. އޭގެތެރެއިން ތިން މެޗެއް ތުރުކީ ކަމިޔާބުކުރި އިރު، ވޭލްސް ވަނީ ދެ މެޗުން މޮޅުވެފައި. އަނެއް މެޗު ނިމުނީ އެއްވަރުވެގެން. ދެޓީމު އެންމެފަހުން ވާދަކޮށްފައި ވަނީ 1997 ވަނަ އަހަރު ޔޫރޯ ކޮލިފިކޭޝަންގައި. އެ މެޗު 6-4 އިން ކާމިޔާބުކުރީ ތުރުކީ.
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020