ޔޫރޯ 2020 ގެ ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގައި ރަޝިއާއި ފިންލޭޑް ކުޅޭ މެޗުގެ ލައިވް ކަވަރޭޖަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!
ގްރޫޕް ސްޓޭޖުގައި ރަޝިއާއިން ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗުން އޮތީ ބަލިވެފައި. ފިންލޭންޑް އޮތީ ފުރަތަމަ މެޗުގައި ޑެންމާކު ބަލިކޮށް، ގަދަ 16 އަށް ދިޔުމަށް ބޮޑު އުންމީދެއްގައި. ފިންލޭންޑާއި ރަޝިއާ ވާދަކުރާ މެޗު އޮންނާނީ ރަޝިއާގެ ސެއިންޓް ޕީޓާސްބާގު ސްޓޭޑިއަމްގައި.
ފިންލޭންޑުގެ ބޯޑަރާ 200 ވަރަކަށް ކިލޯމިޓަރު ކައިރީގައި އޮތް ސެއިންޓް ޕީޓާސްބާގުގެ ސްޓޭޑިއަމްގައި މީގެ ކުރިން ފިންލޭންޑް ކުޅެފައެއް ނުވޭ. މީގެ ކުރިން ރަޝިއާއާ ދެކޮޅަށް ފިންލޭންޑް ކުޅުނު އަވޭ މެޗު ކުޅުނީ މޮސްކޯގައި.
- ރަޝިއާ - އާޓެމް ޒޫބާ
- އުމުރު: 32 އަހަރު
- ކްލަބު: ޒެނިތު ޕީޓާސްބާގު
- މަގާމު: ފޯވަޑް
- ގައުމީ ޓީމަށް ކުޅުނު މެޗުގެ އަދަދު: 53
- ގައުމީ ޓީމަށް ޖެހި ގޯލްގެ އަދަދު: 29
- ކެރިއަރުގައި ޒޫބާ ވަނީ 500 އަށްވުރެ ގިނަ މެޗު ކުޅެފައި
- ޒޫބާއަކީ މިދިޔަ ދެ ސީޒަންގައިވެސް ރަޝިއާ ޕްރިމިއާ ލީގުގެ ޓޮޕް ސްކޯރާ
- އޭނާއަކީ ރަޝިއާގެ ކެޕްޓަން
- ތޭމޫ ޕުއްކި
- އުމުރު: 31 އަހަރު
- ކްލަބު: ނޮވިޗް ސިޓީ
- މަގާމު: ފޯވަޑް
- ގައުމީ ޓީމަށް ކުޅުނު މެޗުގެ އަދަދު: 92
- ގައުމީ ޓީމަށް ޖެހި ގޯލްގެ އަދަދު: 30
- ކެރިއަރުގައި 500 އަށްވުރެ ގިނަ މެޗު ކުޅެފައިވޭ
- 2018-19 ސީޒަންގައި އިނގިރޭސި ދެވަނަ ޑިވިޝަންގެ ރަން ބޫޓް ހޯދި
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020