ޔޫރޯ 2020 ގެ ގްރޫޕް އެފް ގައި ކުޅުނު ފުރަތަމަ މެޗުގައި ޗެމްޕިއަން ޕޯޗުގަލްއިން ހަންގޭރީ ބަލިކޮށްފައެވެ.
ހަންގޭރީގެ ބުޑަޕެސްޓްގެ ޕުސްކާސް އެރީނާގައި ކުޅުނު މެޗު ޕޯޗުގަލްއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ތަރިއަކަށްވީ ޔޫރޯގެ ތާރީހީ ރެކޯޑެއް ހަދައި، ދެ ގޯލް ޖެހި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭނާއަކީ މިހާރު ޔޫރޯ މުބާރާތްތަކުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ.
އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލްއިން ޔޫރޯގެ ތަށި ދިފާއުކުރުގެ ދަތުރުގެ ފުރަތަމަ މެޗަށް ނުކުންނާނީ މިރޭ ހަންގޭރީއާ ދެކޮޅަށެވެ. ހަންގޭރީގެ ފްރޭންކް ޕުސްކާސް އެރީނާގައި ކުޅުމަށް ތައްޔާރުވެފައިވާ މެޗު ވެގެންދާނީ މިފަހަރުގެ ޔޫރޯގައި ފުލް ސްޓޭޑިއަމްއެއްގައި ކުޅޭ ފުރަތަމަ މެޗަށެވެ. ފުލް ސްޓޭޑިއަމްއަކާއެކު ހަންގޭރީން ހޯމް ފައިދާ ފުރިހަމައަށް ނަގަންވެސް ނެގިއެވެ. މެޗުގައި ސަޕޯޓަރުންގެ އަޑު ހުރީ އަބަދުހެން ގުގުމާލައިފައެވެ.
ޗެމްޕިއަން ޕޯޗުގަލްއިން ފުރަތަމަ ހާފުގައި ފެނުނީ ވަރުގަދަ ކޮށެވެ. މެދުތެރެ ޑޮމިނޭޓްކޮށް ހަމަލާތައްވެސް އުފެއްދިއެވެ. އެޓޭކް ބިނާކޮށްފައި ވަނީ އެޓީމުގެ "ތަލިސްމާން" ކްރިސްޓިއާނޯ ރޮނާލްޑޯއަށް ފަހިވާނެ ގޮތަށެވެ. މިއީ އުމުރުން 36 އަހަރު ރޮނާލްޑޯގެ ފަސްވަނަ ޔޫރޯ މުބާރާތެވެ. އެއީ އޭނާއަށް ރެކޯޑެކެވެ. މިހާތަނަށް ރޮނާލްޑޯ ނޫން އެހެން އެއްވެސް ކުޅުންތެރިޔަކު ޔޫރޯގެ ފަސް މުބާރާތުގައި ކުޅެފައެއް ނުވެއެވެ.
ކުޅުމަށް ބަލާއިރު، ފުރަތަމަ ހާފުގައި ޕޯޗުގަލަށް މަދުވީ ގޯލެކެވެ. ލިވަޕޫލްގެ ތަރި ޑިއޭގޯ ޖޮޓާ ފޮނުވާލި ހަމަލާ ހަންގޭރީގެ ކީޕަރު ގުލަކްސީ މަތަކުރި އިރު، އެ ހަމަލާ ޖޮޓާ ފޮނުވާލުމުގެ ކުރިން ރޮނާލްޑޯއަށް ޕާސް ކުރުމަށް ފުރުސަތު އޮތެވެ. ރޮނާލްޑޯ އޮތީ މުޅިން ހުސްކޮށްވެސް މެއެވެ.
މެޗުގައި ހަންގޭރީގެ ފުރަތަމަ ހަމަލާ ފެނުނީ 36 ވަނަ މިނެޓުގައެވެ. އެންދްރޭސް ޝެފާ ނަގައިދިން ހިލޭ ޖެހުމަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ކެޕްޓަން އެޑަމް ސަލާއީ ބޮލުން ފޮނުވާލި ހަމަލާ، ޕޯޗުގަލްގެ ކީޕަރު ރުއި ޕެޓްރީސިއޯ ވަނީ މަތަކޮށްފައެވެ.
ފުރަތަމަ ހާފުގެ އެންމެ ހުސް ފުރުސަތު ލިބުނީ ޕޯޗުގަލް ކެޕްޓަން ރޮނާލްޑޯއަށެވެ. ބްރޫނޯ ފެނާންޑޭޒް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ރޮނާލްޑޯ ފޮނުވާލި ހަމަލާ ދިޔައީ ހަންގޭރީ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށެވެ.
ގޯލެއް ނުޖެހުމުގެ މާޔޫސް ކަމުގައި ޕޯޗުގަލްއިން ފުރަތަމަ ހާފް ނިންމާލި އިރު، ދެވަނަ ހާފަށް ނުކުމެވެސް ކުޅުން ތަކުރާރު ކުރެވޭތޯ މަސައްކަތް ކުރިއެވެ. ހާފްގެ ފުރަތަމަ ކޮޅުގައި ހަންގޭރީ ފެނުނީ ވަރުގަދަ ކޮށެވެ. އެޑަމް ޒަލާއީއާއި ރޮލާންޑް ސަލާއީގެ ހަމަލާތައް ހަންގޭރީން ފާހަގަކުރެވުނު ނަމަވެސް ޕޯޗުގަލް ވަނީ މެޗުގެ ފަހު 10 ވަރަކަށް މިނެޓުގައި ޕޯޗުގަލްއިން ހަންގޭރީ ކޮޅަށް ތިން ގޯލް ޖެހިއެވެ.
ފުރަތަމަ ގޯލް 84 ވަނަ މިނެޓުގައި ރަފޭލް ގޮރޭރޯ ޖަހައިދިން އިރު، ދެން ފެނުނީ ރޮނާލްޑޯގެ ދެ ގޯލެވެ. ރޮނާލްޑޯގެ ފުރަތަމަ ގޯލް ޕެނެލްޓީއަކުން ޖަހައިދިން އިރު، ނިމިނިމި އޮއްވައި އިތުރު ގޯލެއްވެސް ޖެހިއެވެ. ރޮނާލްޑޯ އެ ލަނޑު ކާމިޔާބުކުރީ އަންދްރޭ ސިލްވާ ދިން ބޯޅައަކުން ގޯލްކީޕަރުވެސް ނައްޓާލައިފައެވެ. އެ ގޯލަކީ ޔޫރޯ މުބާރާތްތަކުގައި ރޮނާލްޑޯ ކާމިޔާބުކުރީ 11 ވަނަ ގޯލެވެ. މިރޭގެ މެޗަށް ނުކުތްއިރު ރޮނާލްޑޯއަށް ޔޫރޯގައި ޖެހިފައި އޮތީ ނުވަ ގޯލެވެ. އޭރު އޮތީ ރެކޯޑުގައި ފްރާންސްގެ މިޝޭލް ޕްލެޓިނީއާ އެއްވަރުވެފައެވެ.
ރޮނާލްޑޯ ވަނީ ގައުމީ ޖާޒީގައި 174 މެޗުން 106 ގޯލް ޖަހައިފައެވެ. ދުނިޔޭގެ ތާރީހުގައި ގައުމީ ޓީމަކަށް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑު އޮތް އިރާނުގެ އަލީ ދާއީގެ ރެކޯޑު މުގުރާލަން ރޮނާލްޑޯއަށް ބޭނުންވަނީ ތިން ގޯލެވެ.
- މިރޭ ކުރިއަށް އޮތް މެޗު
00:00 ޖަރުމަނު - ފްރާންސް
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020
ޔޫރޯ 2020