އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު އެ ކޮމިޝަންގެ މެމްބަރުކަމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އިލެކްޝަން ކޮމިޝަންގެ މެމްބަރު ކަމަށް ޝަރީފު އައްޔަން ކުރެއްވީ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި މާރިޗް 2018 ގައެވެ. އެއީ ފަސް އަހަރުގެ ދައުރަކަށެވެ.
ދައުރުގައި ބާކީ ދެ އަހަރު އޮއްވައި ޝަރީފު މަގާމުން އިސްތިއުފާ ދެއްވިކަން ހާމަ ކުރެއްވީ ޓުވީޓަކުންނެވެ.
އެ ޓުވީޓުގައި އޭނާ ވިދާޅުވީ, ވޭތުވެދިޔަ ތިން އިންތިހާބުގެ އިހުލާސްތެރި ކަމާއި އަމާނާތްތެރި ކަމާއެކު މަސައްކަތް ކޮށްދެވުނު ކަމުގެ ހިތްހަމަޖެހުން އެބަ އޮތް ކަމަށެވެ. އަދި ކުރިމަގުގައިވެސް ރައްޔިތުންގެ ހިދުމަތުގައި ފެންނާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އިންތިހާބު, ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކުރިއަށް ގެންދިޔައީ ޝަރީފުގެ ރައީސްކަމުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު