ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފްގެ ނޮދާން ކޮމާންޑް ސެންޓަރު ހަނިމާދުއަށް ބަދަލު ކުރަން އުޅޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްްޖެއެވެ.
އިކޮނޮމިކް މިނިސްޓްރީން މިރޭ ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ، މުސްތަގުބަލުގައި ހަނިމާދޫ އެއާޕޯޓަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ބައިނަލްއަގުވާމީ ވައިގެ ބަނދަރުތަކުގެ ތެރެއިން އެއްތަނަށްވާނެ ކަމަށެވެ.
"އަަޅުގަނޑުމެން މިހާރު ހަނިމާދުއަށް މިކުރާ އިންވެސްޓްގައި އެއޮތީ 3200 މީޓަރުގެ ރަންވޭއެއް، ފުރަތަމަ ފޭސްގައި މިކުރަނީ 2800. އެއީ އޭޓީއާރް އެއާ ލަންކާ ފްލައިޓް ޖެއްްސޭވަރުގެ އަދި މެދުއިރުމަތިން ދަތުރުކުރާ ބޯޓުތައް ޖެއްސޭވަރުގެ ރަންވޭއެއް" މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމަށް 850،000 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައި އެވަނީ މުސްތަގުބަލުގައި އެއާޕޯޓު ބޮޑުކުރުމަށާއި އެތަނުން ބައެއްގައި އެމްއެންޑީއެފްގެ ނޮދާން ކޮމާންޑް ސެންޓަރުގެ އިތުރުން ސިޓީ ހޮޓަލެއް ތަރައްގީ ކުރުމަށް ކަމަށެވެ.
"އެ ވިދާޅުވާ 850،000 އަކަފޫޓަކީ އޭގެ ތެރެއިން އެއްބަޔަކީ އެއާޕޯޓް އެކްސްޓެންޝަނަށް ބާއްވާފައި އޮތް ބައެއް. އަނެއް ބަޔަކީ އެމްއެންޑީއެފްގެ ނޮދަން ކޮމާންޑް ސެންޓަރު މާފިލާފުށީގައި މިހާރު އެކުރައްވާ ކަންތައް އަޅުގަނޑަށް އެނގިފައިވާ ގޮތުން އެއްކޮށް ހަނިމާދުއަށް ބަދަލު ކުރުމުގެ ވިސްނުން ހުރީ. އެހެންކަމުން މުޅި އޮޕަރޭޝަން ހަނިމާދުއަަށް ބަދަލު ކުރުމުގެ ވިސްނުން ގެންގުޅޭއިރުގައި އެބޭފުޅުންނާއި އަޅުގަނޑުމެންނާ މަޝްވަރާކޮށްގެން އެބޭފުޅުން ބޭނުންވި އަދަދަށްވުރެ ކުޑަކޮށް 400،000 އަކަފޫޓަކީ އެމްއެންއެފްގެ ނޮދާން ކޮމާންޑް ސެންޓަރު އުފެއްދުމަށްޓަކައި ކަނޑައަޅާފައިވާ ވަރު،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ހަނިމާދޫގައި އެމްއެންޑީއެފްގެ ނޮދާން ކޮމާންޑް ސެންޓަރު ގާއިމް ކުރުމުން އެރަަށަށް އިގްތިސޯދީ ގޮތުން ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.
މިނިސްޓަރު ފައްޔާޒް އިތުރަށް ވިދާޅުވީ، ސިޓީ ހޮޓާ ތަރައްގީކުރާނީ އެއާޕޯޓް ތަރައްގީކުރަށް އޮތް ބިމުން ބައެއްގައި ކަމަށެވެ. ނަމަވެސް ހަނިމާދޫ ކައުންސިލުން އެގޮތަށް އެކަން ބޭނުން ނުވާ ކަމަށް ވަންޏާ ސިޓީ ހޮޓާވެސް އަދި ހަނިމާދޫ އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫއުވެސް ކުރިއަށް ނުގެންދާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު