• ޔޫރޯ 2020 ގެ ފުރަތަމަ މެޗުގެ ލައިވް ބްލޮގަށް "ވަން" ގެ ކިޔުންތެރިންނަށް މަރުހަބާ!

ޔޫރޯގެ ފުރަތަމަ މެޗު ކުރިއަށް ދާނީ އިޓަލީގެ ހިތްގައިމު ސިޓީ ރޯމްގެ ތާރީހީ ސްޓޭޑިއަމް ސްޓޭޑިއޯ އޮލިމްޕިކޯގައި.

  • ސްޓޭޑިއަމްއާއި ސިޓީގެ ބައެއް މުހިއްމު މައުލޫމާތު

ސިޓީ: ރޯމް

ސްޓޭޑިއަމް : ސްޓޭޑިއޯ އޮލިމްޕިކޯ

ސަޕޯޓަރުންގެ ޖާގަ: 70،634 މީހުން

އުސޫލުތަކާއެކު ސަޕޯޓަރުން ވެއްދޭނެ ކަމަށް ބުނެފައިވާ އަދަދު: 17،659 މީހުން (25 ޕަސެންޓް)

ރޯމް

- މަގުބޫލް ޓޫރިސްޓް ސިޓީއެއް

- ވެޓިކަން ދާރުލްއާސާރު، ޓްރެވީ ފައުންޓެން ފަދަ މަގުބޫލު ބިނާތައް އެކުލެވޭ ސިޓީއެއް

- އިޓަލީގެ ވެރިރަށް

ސްޓޭޑިއޯ އޮލިމްޕިކޯ

- އިޓަލީ ލީގުގެ ރޯމާއާއި ލާޒިއޯއިންވެސް ހޯމް މެޗުތައް ކުޅޭ ސްޓޭޑިއަމް

- ޔޫރަޕްގެ ކްލަބު މުބާރާތްތަކުގެ ހަތަރު ފައިނަލެއް ކުޅެފައިވާ ސްޓޭޑިއަމެއް

- ޔޫރޯ 1968 ފައިނަލް، 1990 ވަނަ އަހަރު ވޯލްޑް ކަޕް ފައިނަލް ކުޅެފައިވާ ސްޓޭޑިއަމް

- މިއަހަރު ޔޫރޯގެ އޯޕެނިން މެޗު އޮންނަ ސްޓޭޑިއަމް

މީގެ ކުރިން އެކިއެކި މުބާރާތްތަކުގައި އިޓަލީއާއި ތުރުކީ ވަނީ 10 ފަހަރެއްގެ މަތިން ވާދަވެރި މެޗުތަކުގައި ކުރިމަތިލާފައި. ތުރުކީއަށް މިހާތަނަށް އިޓަލީ ބަލިކުރެވިފައިނުވާ އިރު، އިޓަލީ ވަނީ ހަތް މެޗުން ތުރުކީ ކައިރިން މޮޅުވެފައި. ތިން މެޗު ނިމުނީ އެއްވަރުވެގެން. އެންމެ ފަހުން އިޓަލީއާއި ތުރުކީ ކުޅުނީ 2006 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއް. އޭރު ދުނިޔޭގެ ޗެމްޕިއަނުންގެ ގޮތުގައި އޮތް އިޓަލީއާ ތުރުކީ ވަނީ 1-1 އިން އެއްވަރުކޮށްފައި.