އުރީދޫ ކަސްޓަމަރުންނަށް ޔޫއެފާ ޔޫރޯ 2020 ގެ މެޗުތައް ގެނެސްދިނުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އާއި އޭޝިއާގެ މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމް ސޮނީ ލިވްއާ ޕާޓްނާވެއްޖެއެވެ.
އުރީދޫން ބުނީ މި ޕާޓްނާޝިޕްގެ ދަށުން ސޮނީ ލިވް ޕްރީމިއަމް މަންތުލީ ސަބްސްކްރިޕްޝަން އާއެކު މެޗުތައް ބަލައިލުމަށް 20ޖީބީގެ ޑޭޓާ އެންމެ 250 ރުފިޔާއަށް ލިބޭ ހާއްސަ ޕެކޭޖެއް މިއަދު ތައާރަފުކޮށްފައިވާ ކަމަށެވެ. މި ޕެކޭޖު 30 ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭނެއެވެ. މި ޕެކޭޖު ބޭނުންކުރާ ކަސްޓަމަރުންނަށް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓުގެ އިތުރުން ނެޓްފްލިކްސް، އައިފްލިކްސް، ޓިކްޓޮކް، ސައުންޑް ކްލައުޑް އަދި ސްޕޮޓިފައި ވެސް ބޭނުން ކުރެވޭނެއެވެ.
މީގެ އިތުރުން ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ހާއްސަ ހަދިޔާއެއްގެ ގޮތުން އާޗާ ޕޯސްޓްޕެއިޑް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށާއި، އާޗާ ޕްރިޕެއިޑް 2ޖީބީ/ޑޭ މަންތުލީ ޕްލޭން، ސުޕަނެޓް 50އެމް އަދި 100އެމް ގެންގުޅޭ ކަސްޓަމަރުންނަށްވެސް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓަށް ސަބްސްކްރައިބް ކުރުމުގެ ފުރުސަތު މުޅިން ހިލޭ ލިބިގެންދާނެ ކަމަށް އުރީދޫން ބުންޏެވެ.
އާޗާ ޕޯސްޓްޕެއިޑް ގެންގުޅޭ މީހުންނަށްވެސް ސޯޝަލް މީޑިއާއަށް ހާއްސަ ކުރެވިފައިވާ ޑޭޓާ ބޭނުންކޮށްގެން ޔޫރޯ 2020ގެ މެޗުތައް ސޮނީ ލިވް މެދުވެރިކޮށް ބެލޭނެއެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެން ނިޔާޒް ވިދާޅުވީ ފުޓުބޯޅައަކީ ފެށުނީއްސުރެ ދިވެހިންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދީ، އެއްބައިވަންތަކަމުގެ ރޫހު އާލާ ކުރުވާ ކުޅިވަރެއް ކަމަށެވެ. އަދި ދިގު އިންތިޒާރަކަށްފަހު ދުނިޔޭގެ އެކި ހިސާބުތަކުން ޔޫރޯގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު ހަމަ އެ ފޯރީގައި ކަސްޓަމަރުންނަށްވެސް ސޮނީ ލިވް އާއެކު މި ތައާރަފުކުރެވުނު ހާއްސަ އޮފާތައް މެދުވެރިކޮށް، ކޮންމެ ތަނަކު ތިބެގެންވެސް ޔޫރޯގެ މެޗުތައް ބަލާލުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެންމެ ފުރިހަމަގޮތުގައި ޔޫރޯ މުބާރާތް ތަޖުރިބާކުރުމުގެ ފުރުސަތު ހޯދައިދިނުން،" ހުސެން ނިޔާޒް ވިދާޅުވިއެވެ.
އުރީދޫގެ ހާއްސަ އޮފާގެ ދަށުން އާޗާ ޕޯސްޓްޕެއިޑް 600، އާޗާ ޕޯސްޓްޕެއިޑް 800، އާޗާ ޕްރިޕެއިޑް 2ޖީބީޑޭ މަންތްލީ ސުޕަނެޓް 50އެމް އަދި 100އެމް އަށް ސަބްސްކްރައިބް ކޮށްފައިވާ ކަސްޓަމަރުންނަށާއި އަލަށް ސަބްސްކްރައިބް ކުރާ މީހުންނަށް މިއަދުން ފެށިގެން ސޮނީ ލިވްގެ ޕްރީމިއަމް ކޮންޓެންޓަށް އެއްމަސް ދުވަހުގެ ސަބްސްކްރިޕްޝަން މުޅިން ހިލޭ ލިބޭނެއެވެ. އަދި އާޗާ ޕޯސްޓްޕެއިޑް 1000 ގެންގުޅޭ މީހުންނާއި އަލަށް ނަގާ މީހުންނަށް އެއް ދުވަހުގެ ހިލޭ ސަބްސްކްރިޕްޝަން ލިބޭނެއެވެ.
ސޮނީ ލިވް އަކީ ސޮނީ ޕިކްޗާސް އިން ފޯރުކޮށްދޭ ޕްރީމިއަމް ވީޑިއޯ އޮން ޑިމާންޑް ހިދުމަތެކެވެ. އެއް ސަބްކްރިޕްޝަނަކުން ގިނަ ޑިވައިސްތަކެއް މެދުވެރިކޮށް ސްޓްރީމް ކުރެވޭ އިރު، މި ޕްލެޓްފޯމްގައި 20 އަހަރުގެ މަގުބޫލު އެތައް ޓީވީ ޝޯތަކާއި ސީރީޒް، ފިލްމު އަދި ކުޅިވަރު ޕްރޮގްރާމްތަކާއި ޗެނަލްތައް ބަލައިލެވެން ހުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު