ކުޅުދުއްފުށި ސިޓީން ފުލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ޕޮޒިޓިވްވެފައިވަނީ ކުޅުދުއްފުށިން މާލެ ދަތުރުކުރާ ބޯޓެއްގައި އުޅޭ ދިވެއްސެކެވެ. އޭނާ ޕޮޒިޓިވްވެފައިވަނީ މިއަދު އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ސާމްޕަލް ނަގާފައިވަނީ އަލާމާތްތައް ހުރެގެން އެރަށު ފުލޫ ކުލިނިކަށް ދެއްކީމައެވެ. ކަމާބެހޭ ފަރާތްތަކުން މިހާރު އަންނަނީ އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރެވެމުންނެވެ.

ކުޅުދުއްފުށި ސިޓީން މިއަދު މީހަކު ޕޮޒިޓިވްވެފައިވާއިރު، އެ ސިޓީ އަދި މޮނީޓަރިންގެ ހާލަތަށް ގެނެސްފައެއް ނުވެ އެވެ.

މިދިޔަ މަހުވެސް ވަނީ ބަލީގެ އަލާމާތްތައް ހުރެގެން ފުލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ކުޅުދުއްފުށި ސިޓީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އަދި ފުލޫ ކްލިނިކަށް ދެއްކި ބަޔަކު ޕޮޒިޓިވްވެ، މިދިޔަ މަހުގެ ދެވަނަ ދުވަހުވެސް އެ ސިޓީ މޮނީޓަރިންގެ ހާލަތަށް ގެނައެވެ. އެ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމުމުން ވަނީ އާންމު ހާލަތަށް ގެނެެސްފަ އެވެ.