އެންޓި ކޮރަޕްޝަން ކޮމިޝަނުން ފޮނުވާފައިވާ މައްސަލާގައި ދައުވާކުރުމާ މެދު ޕްރޮސިކިއުޓާ ޖެނެރަލް ގޮތެއް ނިންމަވަންދެން ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ސަސްޕެންޑުކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މިނިސްޓަރު މަހުލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާތީ، ދައުވާ ކުރުމާ މެދު ޕްރޮސިކިއުޓާ ޖެނެރަލް ގޮތެއް ނިންމެވުމާ ހަމަޔަށް މަސައްކަތުން އެކަހެރިވުމަށް އޭނާ އަށް އަންގާފައިވާ ކަމަށެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33,000.00 އެމެރިކާ ޑޮލަރު މަހުލޫފަށް ލިބިފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި މަހުލޫފުގެ ނަން އޮތުމާ ގުޅިގެން އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން އޭނާ ގޭގައި މަޑުކުރައްވަން މީގެ ކުރިން ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަންގަވައިފައެވެ. އެއީ 2019 ވަނަ އަހަރުއެވެ. ނަމަވެސް ހަމަ އެ އަހަރު އޭސީސީން ނިންމާފައިވަނީ މަހްލޫފްގެ ކަރަޕްޝަން މައްސަލައެއް ބަލަމުން ނުދާ ކަމަށެވެ. އެއާއެކު އޭރު ރައީސް ވަނީ މަހްލޫފްގެ ސަސްޕެންޝަން އުވާލައިފައެވެ.
އަހްމަދު މަހްލޫފު
އަހްމަދު މަހްލޫފު
އަހްމަދު މަހްލޫފު