ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމަށް އައްޔަން ކުރުމަށް، މީގެ ކުރިން އޮތް އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ޖަޕާނުގައި ހުންނަވާ ސަފީރުކަމަށް މަހުލޫފް އައްޔަން ކުރުމާ މެދު މަޖިލީހަށް ފެންނަ ގޮތެއް ނިންމަން އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހަށް އިއްވީ މިއަދުގެ ޖަލްސާގައެވެ. އެ ސިޓީފުޅު އިއްވުމުން އެ މައްސަލަ ދިރާސާކުރަން މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވިކަން މަޖިލީހުގެ ރިޔާސަތުން މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވިއެވެ.
އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރުކަމަށް އައްޔަން ކުރުމުގެ ކުރިން މަހުލޫފް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުގެ ގޮތުގައެވެ.
ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި އެމަނިކުފާނު އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ މެމްބަރެއްގެ ގޮތުން ސިޔާސީ މައިދާނަށް ނިކުންނެވުމަށްފަހު، އޭނާ ފުރަތަމަ އިންތިހާބުވީ 17 ވަނަ ރައްޔިތުންގެ މަޖިލީހަށެވެ.
އޭގެ ފަހުން 18 ވަނަ މަޖިލީހަށް އިންތިހާބުވީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައެވެ.
އެމްޑީޕީގެ ވެރިކަން ނިމުމުން އެ ޕާޓީން ވަކިވެ ވަޑައިގެން މިހާރު ވެރިކަން ކުރާ ޕީއެންސީ އަށް މަހުލޫފް ސޮއިކުރެއްވީ މި މަހުގެ 17 ގައި އެ ޕާޓީން ބޭއްވި ބޮޑު ޖަލްސާގައެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
މިސަރުކާރު ގެންނަން މައްސަތްކަތް ކުރި މީހުން ބާކީ. ތިވެސް ގޮތެއް
ާއާމިނާ - 7 މަސް ކުރިން