ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމަށް އައްޔަން ކުރުމަށް، އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު އައްޔަނުކުރައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ޖަޕާނު ސަފީރަކަށް މަހުލޫފު އައްޔަނުކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ. އެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސަފީރުކަމުގެ ފަތްކޮޅު މަހުލޫފަށް އަރުވާފައެވެ.
މަހްލޫފް އެ މަގާމަށް އައްޔަންކުރަން ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިދިޔަ ހަފުތާގެ ބުދަ ދުވަހުއެވެ. މަހުލޫފަށް މަޖިލީހުން ރުހުން ދިނީ އިއްޔެއެވެ.
އެމްޑީޕީ ސަރުކާރުގެ ޔޫތު މިނިސްޓަރުކަމަށް އައްޔަން ކުރުމުގެ ކުރިން މަހުލޫފް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުގެ ގޮތުގައެވެ.
ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި އެ މަނިކުފާނު އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ މެންބަރެއްގެ ގޮތުން ސިޔާސީ މައިދާނަށް ނިކުންނެވުމަށްފަހު، އޭނާ ފުރަތަމަ އިންތިހާބުވީ 17 ވަނަ ރައްޔިތުންގެ މަޖިލީހަށެވެ.
އޭގެ ފަހުން 18 ވަނަ މަޖިލީހަށް އިންތިހާބުވީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައެވެ.
އެމްޑީޕީގެ ވެރިކަން ނިމުމުން އެ ޕާޓީން ވަކިވެވަޑައިގެން މިހާރު ވެރިކަން ކުރާ ޕީއެންސީއަށް މަހުލޫފް ސޮއިކުރެއްވީ މި މަހުގެ 17 ގައި އެ ޕާޓީން ބޭއްވި ބޮޑު ޖަލްސާގައެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު