ކުރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާންކޮށްފި އެވެ.

ޖޭއެސްސީން މިއަދު ކުރި އިއުލާނެއްގައި ވަނީ ކްރިމިނަލް ކޯޓަށް ހޯދަނީ ދެ ފަނޑިޔާރުން ކަމަށެވެ. އަދި މި ކަމަށް އުމުރުން 25 އަހަރު ފުރިފައިވާ ދެ އަހަރު ދުވަހުގެ ތަޖުރިބާ ހުރި ގާނޫނީ ވަކީލު ކަމުގެ ދާއިރާއިން ތައުލީމު ހާސިލު ކޮށްފައިވާ މީހުން މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ޖޭއެސްސީ އަށް ހުށަހެޅުމަށް އެދޭ ކަމަށްވެސް ބުނެފައިވެ އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީންނަށް މުސާރަ އާއި އިނާޔަތްތަކާއެކު މަހަކު 48،000 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ.

ކުރިމިނަލް ކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާންކޮށްފައިވާއިރު، އެ ކޯޓުގެ ފަނޑިޔާރު އިސްމާއިލް ރަޝީދު ވަނީ ދާދި ފަހުން އިސްތިއުފާ ދެއްވާފަ އެވެ.