ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ އިންކުއަރީ އަށް ސަރުކާރުންނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ހުރަސް އަޅުއްވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީއަށް ސިފައިން ހާޒިރުވިޔަ ނުދެއްވައި އެކަމަށް ހުރަސް އަޅުއްވަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ސަރުކާރުން އިންކުއަރީއަށް ހުރަސްއަޅާ މޭރުމަކުން ވާހަކަފުޅު ދައްކަވައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން، މިއަދު ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ ރައީސް ނަޝީދުގެ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.
"ސަރުކާރުން މި އިންކުއަރީއަށް ހުރަސް އެޅުމަށް އެއްވެސް މިންވަރަކަށް މަސައްކަތް ކުރާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއްވޭ. ސީދާ ރައީސް ސޯލިހު ވެސް އަޅުގަނޑަށް ކުރެވެނު މުއާމަލާތެއްގައި މި އިންކުއެރީ ރަނގަޅަށް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައި ވަނީ." އަސްލަމް ވިދާޅުވި އެވެ.
އިންކުއަރީއާ ގުޅޭ ގޮތުން ރައީސް ސޯލިހުއާ ވެސް ވާހަކަފުޅު ދައްކަވާފައިވާކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ، އިންކުއަރީގެ ހުރިހައި ކަމެއް ވެސް ވަރަށް ރަނގަޅަށް ކުރިއަށް ގެންގޮސް ދެއްވުމަށް އެމަނިކުފާނު އެދިވަޑައިގަތް ކަމަށެވެ. އަދި އެއްވެސް ފަރާތަކުން އަސްލަމުގެ މަސައްކަތަށް ނުފޫޒު ނުފޯރުވޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް