ރާއްޖެއިން ކޮވިޑާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އެމެރިކާއިން ރާއްޖެއަށް ޕާސަނަލް ޕްރޮޓެކްޓިވް އިކިއުޕްމަންޓް (ޕީޕީއީ) ހިމެނޭ ގޮތަށް ސިއްހީ ބައެއް އާލާތްތައް ހަދިޔާކޮށްފިއެވެ.
އެގޮތުން އެގައުމުން ރާއްޖެއަށް ވަނީ 124،671 ޑޮލަރުގެ ސިއްހީ އާލާތްތައް ރާއްޖެއަށް ހަދިޔާކޮށްފައެވެ.
އޭގެ ތެރޭގައި 184،000 ޕީޕީއީ ސެޓް ހިމެނެއެވެ. ޕީޕީއީ ސެޓްގައި ގްލޯވްސް އާއި އެން-95 މާސްކާއި ޕްރޮޓެކްޓިވް ގޮގުލް ހިމެނެއެވެ.
މީގެ އިތުރުން އެމެރިކާއިން ރާއްޖެއަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި 60 އޮކްޒިމީޓަރާއި އެއަށް ލައްވާ 12،000 ބެޓެރިވެސް ހިމެނެއެވެ.
ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި އެމެރިކާއިން މިހާތަނަށް ރާއްޖެއަށް ވަނީ 9.1 ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި އެމެރިކާއިން ވެކްސިން ފޯރުކޮށްދޭ ގައުމުތަކުގެ ތެރޭގައި ރާއްޖެވެސް ވަނީ ހިމަނައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު