ކޮންމެ މީހަކުވެސް އެނެކާއަށް އަޅާލައި އެހީތެރިވުމަކީ އޭނާގެ މައްޗަށްވާ ދީނީ ވާޖިބެއް ކަމަށާއި އެފަދަ މީހަކަށް މާތްﷲގެ ރުއްސެވުމާއި މަދަދު ލިބިގެންވާ ކަމަށް ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގައި ބުނީ ކޮންމެ މުސްލިމަކީ އިސްލާމީ އުހުއްވަތްތެރިކަމުގެ ހަށިގަނޑުގައި ހިމެނޭ، އެއާ ވަކި ނުކުރެވޭނެ ގުނަވަނެއް ކަމަށެވެ.
"އެ ހަށިގަނޑު އުފުލަންޖެހޭ ކޮންމެ ތަކުލީފެއްގައި، މި ގުނަވަން ވެސް ބައިވެރިކުރަން ޖެހެއެވެ. މިއީ، މުސްލިމުންގެ މިސާލެވެ. މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެއްބަނޑު އެއްބަފާކަމެވެ. އެހެންކަމުން ކޮންމެ މީހަކުވެސް އަނެކާއަށް އަޅާލައި އެހީތެރިވުމަކީ އޭނާގެ މައްޗަށްވާ، ދީނީ ވާޖިބެކެވެ. އެފަދަ މީހަކަށް މާތްﷲގެ ރުއްސެވުމާއި މަދަދު ލިބިގެންވެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ ކުރިމަތިވެފައިވާ ކޮވިޑް 19ގެ ހާލަތުން އަރައިގަނެވެން އޮތީ މާތް ނަބިއްޔާގެ މިތުރު އަސްހާބުން ފަދައިން، އެކަކު އަނެކަކަށް އަޅާލައި އެހީތެރިވެ، ވާގިވެރިވެގެން ކަމަށާއި އެގޮތުން ތިމާއާއި އަނެކުންގެ ރައްކާތެރިކަމަށްޓަކައި، ކަމާބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް އިހުތިރާމުކޮށް، އެކަމުގައި އެ ފަރާތްތަކަށް އެހީތެރިވާން ޖެހޭ ކަމަށެވެ.
"އަތްދޮވުމާއި، ގައިދުރުކަން ބެހެއްޓުމާއި، ތަންތަނަށް އެއްވެ ނޫޅުމާއި، މާސްކު އެޅުން ފަދަ ކަންކަމުގައި އެކަކު އަނެކަކަށް ވާގިވެރިވާށެވެ. މި ނުރައްކާތެރި ވަބާއިން ސަލާމަތް ކޮށްދެއްވުން އެދި، ﷲގެ ހަޟްރަތުގައި ކުރެވޭ ދުއާގައި މުސްލިމް އަހުންނާއި އުހުތުން ޝާމިލުކޮށް، އެބައިމީހުންނަށް އަޅާލާށެވެ..،" ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި އިތުރަށް ބުނީ އިސްލާމީ މުޖުތަމައުތަކުގައި ވެސް އެހެން މީހުންގެ އެހީތެރިކަމާއި އަޅައިލުން ބޭނުންވާ ބަޔަކު، ދިރިއުޅެމުންދާކަން ކަށަވަރު ކަމަށާއި އެފަދަ މީހުންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލައި، ކުލުނުގެ ނަޒަރަކުން އެމީހުންނަށް ބަލައިލަން ޖެހޭ ކަމަށެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅެމުންދާ ފަގީރުންނާއި ޔަތީމުންނާއި އަޅައިލާނެ ބަޔަކު ނެތް މީހުންނަށް، އޯގާތެރިކޮށް ހިތަން ޖެހޭ ކަމަށް ވެސް ބުނެފައިވެއެވެ.
ހުތުބާ
ހުތުބާ
ހުތުބާ
ހުތުބާ