މައުލޫއު އަމިއްލައަށް ކަނޑައަޅައި ބޭނުން ހުތުބާއެއް އިމާމުން ކިޔަން ފަށައިފި ނަމަ، ހަމަނުޖެހުން އުފެދިގެން ހިނގައިދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީން އިއްޔެ ވަނީ ހުތުބާގެ މައުލޫތަކާ ގުޅިގެން އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފައެވެ. އެކަމާ ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ، ހުރިހާ މިސްކިތެއްގައި އެއް ހުތުބާއެއް ކޮންމެހެން ކިޔަން ނުޖެހޭ ކަމަށާއި އެ މީހަކަށް ފެންނަ، އެއިރެއްގެ ހާލަތާ ގުޅޭ މައުލޫއަކަށް ހުތުބާ ދިނުމުގެ މިނިވަންކަން އޮންނަންވާނެ ކަމަށެވެ.
ޝަހީމް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަހުމަދު އަބްދުﷲ އަށް ވަރަށް ބޮޑަށް އިހުތިރާމު ކުރައްވާ ކަމަށާއި ނަމަވެެސް އަހުމަދު އަބްދުﷲ ގެ ވާހަކަތައް މި މައުލޫއުގައި ގޯސް ކަމަށެވެ.
"ހައްދެއް އިމެއްނެތި އެގޮތަށް މިކަން އެންމެންނަށް ހުޅުވާލައިފި ނަމަ، ދީނީ ގޮތުން ނުތަނަވަސް ހާލަތަށް ރާއްޖެ ވެއްޓިގެން ދިޔުމުގެ ބިރު އޮންނާނެ. އަޅުގަނޑުމެން އެކަމަށް ޖާގައެއް ނުދޭނަން،" ޝަހީމް ވިދާޅުވިއެވެ.
"ތިޔަ ވިދާޅުވި ގޮތަށް ހުޅުވިފައި އޮންނަ ގައުމުތަކުގައި ދީނީ ތަފާތު ފިކުރުތައް އުފެދި ޖަމާއަތްތައް އުފެދި އެކި މިސްކިތްތަކުގައި އެކި މަޒުހަބަށް ހުތުބާ ކިޔައި ހަމަނުޖެހުން އުފެދިގެން ގޮސްފައިވޭ"
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ހުތުބާ ކިޔުމުގެ ނިޒާމަށް ދުނިޔޭގެ އެހެން ގައުމުތައްވެސް އެނބުރެމުންދާ ކަމަށެވެ. ރާއްޖޭގެ ކުރީގެ ވެރިންނާއި ސަރުކާރުތަކުން ހުތުބާގެ ނިޒާމު ދަމަހައްޓާފައިވަނީ ވަރަށް ރަނގަޅަށް ކަމަށް ޝަހީމް ވިދާޅުވިއެވެ.
ހުތުބާގެ މައުލޫއަށް ރައްޔިތުންގެ ހިޔާލު ހޯދީ މުޖުތަމައަށް އެންމެ ބޭނުންތެރި މަގުން ހުތުބާ ތައްޔާރުކުރަން ކަމަށް ޝަހީމް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
މިއަހުމަދު ޢަބުދުﷲދީދީ އަކީ އަަބަދުވެސް އެހެންމީހުންގެ ސިކުނޑިއާ ކުޅެލަން ވިސްނާ މުރަގަގަސްދޮށު މާލިމީ އެއް.
ޚިޔާލީފޮލާ - 6 މަސް ކުރިން