ތިނަދޫގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނައްޓައި ތޮށިގަނޑުމަތިން މޫދަށް ވެއްޓި އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
ތިނަދޫ ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސައީދު 'ވަން' އަށް މިއަދު ވިދާޅުވީ، އެ އެކްސިޑެންޓުގައި އަނިޔާ ވެގެން ތިން މީހަކު އެ ހޮސްޕިޓަލަށް ގެނައި ކަމަށާއި އެ ތިން މީހުންނަށްވެސް އެމަޖެންސީ ރޫމުގައި ފަރުވާ ދެމުންދާ ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށް ވިދާޅުވިއެވެ.
ހާދިސާގެ ކުރީ ކޮޅުގައި ކަމަށްވުމުން އިތުރު ތަފުސީލެއް ލިބިފައި ނެތް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، ތިން ފިރިހެނުން ތިބި އެ ކާރު ކޮންޓްރޯލުން ނެއްޓިގެން ގޮސް މޫދަށް ވެއްޓިފައި ވަނީ ތިނަދޫ ހުޅަނގު ފަރާތުގައި ޖަހާފައި ހުރި ބޮޑު ހިލަތަކު މަތިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު