މާލޭގެ މަގެއްގެ މަތީގައި އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެެވެ.
ފުލުހުން ބުނީ، މަގުމަތިން އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައާ ގުޅިގެން މިއަދު 15:45 ހާއިރު 31 އަހަރުގެ ދިވެހި ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ލޮނުޒިޔާރަތް މަގުންނެވެ.
އަންހެން މީހާއަށް ޖިންސީ ގޯނާކުރި ވަގުތު ނަގާފައިވާ ވީޑިއޯއެއް މީސް މީޑިއާގައި އަންނަނީ ދައުރުކުރަމުންނެވެ. އެނގިފައިވާ ގޮތުގައި ޖިންސީ ގޯނާކޮށްފައިވަނީ ބިދޭސީ އަންހެން މީހަކަށެވެ. އަދި އޭނާއަށް ޖިންސީ ގޯނާކުރީ ސެކުއުރިޓީ ގާޑެއްގެ ޔުނީފޯމުގައި ހުރި މީހެކެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި އަންހެން މީހާއަށް ޖިންސީ ގޯނާކުރުމުން އެ ސަރަހައްދުގައި ހަމަނުޖެހުމެއްވެސް ހިންގަން އުޅެފައިވެއެވެ. ނަމަވެސް އެތަނަށް އެއިރު އެއްވެ ތިބި މީހުން ވަނީ އެކަން ހުއްޓުވައިފައެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު