ކޮވިޑު ޖެހިގެންް ރާއްޖެއިން އުމުރުން ދުވަސްވީ އަންހެނަކު މަރުވެއްޖެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށް އެ އަންހެން މިހާ މަރުވެފައި ވަނީ މިއަދު ހެނދު 6:37 ގައެވެ. އެއީ އުމުރުން 83 އަހަރުގެ އަންހެނެއްކަންވެސް އެނގިފައިވެއެވެ.

މި މަރާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު 159 އަކަށް ވަނީ އަރައިފައެވެ. ރާއްޖޭގައި ކޮވިޑު ޖެހިގެން އެންމެ ގިނަ މީހުން މަރުވީ މިމަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު ބަލީގައި 13 މީހަކު މަރުވިއެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

ކޮވިޑުގެ ހަތަރު ވަނަ ރާޅެއް ރާއްޖެއިން ކުރިމަތިވެފައިވާ އިރު، ފާއިތުވި ދުވަސްތަކާ ބަލާ އިރު ދުވާލަކު ބަލި ޖެހޭ މީހުންގެ އަދަދު 1000 އިން މަތީގައި ހުރުމަށްފަހު އިއްޔެ ވަނީ މި އަދަދު 1000 އިން ދަށަށް ގޮސްފައެވެ. އިއްޔެ ޕޮޒިޓިވް ވެފައިވަނީ 780 މީހުންނެވެ.