ކޮވިޑް ޖެހިގެން ހަތް އަހަރުގެ ކުއްޖަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)ގެ އެޕިޑަމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ މީހުންގެ ތެރޭގައި ހަތް އަހަރުގެ ކުއްޖަކު ހިމެނޭ ކަމަށެވެ.

"ހަތް އަހަރުގެ ކުއްޖާއަށް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި. ކްރިޓިކަލް ޕޭޝަންޓެއްގެ ގޮތުގައި އަޅުގަނޑުމެން އަދިވެސް ކޮންސިޑާކުރަނީ،" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ކޮވިޑުގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި 18 އަހަރުން ދަށުގެ 240 ކުއްޖަކު އެބަތިއްބެވެ.