ކޮވިޑު ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މަރުވީ 84 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށް އެނގިފައިވެ އެވެ.
މިއީ ކޮވިޑުގައި މިއަދު މަރުވި ފަސް ވަނަ މީހާ އެވެ. މިއަދު ފުރަތަމަ މަރުވީ 54 އަހަރުގެ ދިވެހި ފިރިހެނެކެވެ. ދެވަނަ އަށް މަރުވީ 47 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ފަރުވާ ދެމުން ދިޔަ 69 އަހަރުގެ ދިވެހި އަންހެނަކު މިއަދު މަރުވެފައިވާ އިރު، 61 އަހަރުގެ ދިވެހި ފިރިހެނަކުވެސް ވަނީ މިއަދު މަރުވެފައެވެ.
މި ފަސް މަރާއެކު ރާއްޖެއިން ކޮވިޑުގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 156 އަށް އަރައިފަ އެވެ. އެއީ 142 ދިވެހިންނާއި 14 ބިދޭސީންނެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު