އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ، ބ. ކެންދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ކެންދޫ ކައުންސިލުގެ ރައީސް އިބްރާހިމް އަބްދުލްރަހްމާން މިރޭ "ވަން" އަށް ވިދާޅުވީ އަލާމާތްތައް ހުރެގެން ޑޮކްޓަރަށް ދެއްކި މީހަކު މިއަދު ޕޮޒިޓިވް ވެފައިވާ ކަމަށާއި އޭނާގެ ސާމްޕަލް ނަގާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އެ ކޭސްއާ ގުޅިގެން މިރޭ އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ.

އިބްރާހިމް ވިދާޅުވި ގޮތުގައި، އެރަށުން ޕޮޒިޓިވް ވެފައި ވަނީ ބިދޭސީއެކެވެ. އަދި އޭނާގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ އިރު، ރަށުގައި ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

މިދިޔަ ފެބްރުއަރީ މަހުވެސް ކެންދޫން މީހަކު ޕޮޒިޓިވްވެ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނައެވެ.