ކޮވިޑު ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މަރުވީ 56 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާއަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހެއް ކަމަށް އެނގިފައިވެ އެވެ.

މިއީ ކޮވިޑުގައި މިއަދު މަރުވި ތިން ވަނަ މީހާ އެވެ. މިއަދު ފުރަތަމަ މަރުވީ 54 އަހަރުގެ ދިވެހި ފިރިހެނެކެވެ. ދެވަނަ އަށް މަރުވީ 47 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ދެ މީހުންނަކީވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ ދެ މީހުންނެވެ.

މި ތިން މަރާއެކު ރާއްޖެއިން ކޮވިޑުގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 154 އަށް އަރައިފަ އެވެ. އެއީ 140 ދިވެހިންނާއި 14 ބިދޭސީންނެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.