ކޮވިޑު ޖެހިގެން އިތުރު ދެ މީހުން މަރުވެ ރާއްޖޭގެ ޖުމުލަ 153 އަށް އަރައިފި އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މަރުވި އެކަކީ 54 އަހަރުގެ ފިރިހެނެކެވެ. އަނެއް މީހާ އަކީ 47 އަހަރުގެ ފިރިހެނެކެވެ.

ވަން އަށް އެނގިފައިވާ ގޮތުގައި މި ދެ މީހުންނަކީ ވެސް ދިވެހީންނެވެ. އަދި މި ދެމީހުންނަކީ ހުޅުމާލޭގައި ހުންނަ ކޮވިޑް މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އައި ދެ މީހުންނެވެ.

މީގެ ތެރެއިން ފުރަތަމަ މީހާ މަރުވީ ރޭ މެންދަމު 02:45ގަ އެވެ. އެއީ 54 އަހަރުގެ މީހާ އެވެ. 47 އަހަރުގެ މީހާ މަރުވީ ފަތިހު 05:55 ގަ އެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.