ހުޅުމާލޭގައި މީހުން ދިރިއުޅުމަށް ހާއްސަ ކޮށްގެން އެޕާޓްމަންޓްތަކެއް އިމާރާތްކޮށް ވިއްކަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާއެކު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ވާޗުއަލް ބުދަ ދުވަހު ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގައި އާރްސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު އެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު އެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ޕްލޮޓް ނަމްބަރު S1/1 ގައި ޖުމްލަ 24،098.22 އަކަފޫޓޫ ހުންނަ މި ބިމުގައި މި މަޝްރޫއުގެ ދަށުން 116 ޔުނިޓް އިމާރާތް ކުރާނެ އެވެ.
އޭގެ ތެރެއިން 78 ޔުނިޓް ވިއްކޭނެ އެންމެ ބޮޑު އަގަކީ އަކަފޫޓަކަށް 1،800 ދިވެހި ރުފިޔާ އެވެ. ބާކީ 38 ޔުނިޓަކީ އާރްސީސީން ބޭނުންވާ އަގެއްގައި ވިއްކިދާނެ ޔުނިޓްތަކެކެވެ.
އެޗްޑީސީން އިތުރަށް ބުނީ، މި މަޝްރޫއުގެ ޑީޓެއިލް ޑްރޯއިންއަށް ހުއްދަދޭ ދުވަހުން ފެށިގެން 36 މަސް ދުވަސް ތެރޭގައި މަޝްރޫއު އެއްކޮށް ނިންމަން ޖެހޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު