އެމްޑަބްލިޔުއެސްސީން ހިދުމަތްދޭ ރަށްރަށުގައި، މި މަހުގެ ފެން އަދި ކަރަންޓު ބިލުން ޑިސްކައުންޓް ދޭނެ ނިންމައިފިއެވެ.

މިގޮތުން، ގްރޭޓާ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށީގެ އިތުރުން ރ.ދުވާފަރު، ކ.މާފުށި އަދި ހދ.ކުޅުދުއްފުށީގެ ކޮންމެ ގޭބީސީއެއްގެ ފެން ބިލުން 30 އިންސައްތަ އަދި ކޮންމެ ވިޔަފާރިއެއްގެ ފެން ބިލުން 20 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުންޏެވެ.

މީގެ އިތުރުން، އެމްޑަބްލިޔުއެސްސީން ރ.ދުވާފަރުގައި ފޯރުކޮށްދެމުން އަންނަ ކަރަންޓުގެ ހިދުމަތުންވެސް ޑިސްކައުންޓް ދިނުމަށްވެސް ވަނީ ނިންމާފައެވެ. މިގޮތުން ދުވާފަރުގެ ކޮންމެ ގޭބީސީއެއްގެ މިމަހުގެ ކަރަންޓު ބިލުން 40 އިންސަތަ އަދި ކޮންމެ ވިޔަފާރިއެއްގެ ކަރަންޓް ބިލުން 20 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުންޏެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، ކޮވިޑުން އަރައިގަތުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކަށް އެ ކުންފުނީގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.