ރ. ދުވާފަރު ބިން ހިއްކުމުގެ މަސައްކަތުގެ 60 ޕަސެންޓް ނިންމާލައިފިއެވެ.
އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނީ ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، އެރަށު ބިން ހިއްކުމުގެ މަސައްކަތުގެ 60 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.
ދުވާފަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރަނީ މަހާޖައްރާފު ބޭނުންކޮށްގެންނެވެ. އެރަށަށް މަހާ ޖައްރާފު ގެންގޮސް، އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ މާޗް މަހުގެ ތެރޭގައެވެ.
ދުވާފަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، 22.2 ހެކްޓަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި 423 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި 70 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު