މާލޭގެ ގޯޅިއެއްގައި ބާއްވާފައި އޮތް ގާޑިޔަލެއްގައި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގީ ދުއްވާފައި ދިޔަ ސައިކަލެއް ހުވަފެނީ ގޯޅީފައި ބާއްވާފައި އޮތް ގާޑިޔަލެއްގައި ޖެހިގެން ކަމަށާއި އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 10:00 ގައި ކަމަށެވެ. އަދި އެކްސިޑެންޓުގައި މަރުވީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެ އެކްސިޑެންޓުގައި ސައިކަލުގެ ފަހަތުގައި އިން މީހާއަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެ ސައިކަލު ދުއްވި މީހާ އެ ސަރަހައްދުގައި މަޑުނުކޮށް ފިލާފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

އެ އެކްސިޑެންޓުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.