މިހާތަނަށް 26،300 މީހަކަށް ހައުސްހޯލްޑް ޕާމިޓް ދޫކޮށްފައިވާ ކަމަށާއި އެޕްރޫވްކުރުމަށް 6،939 ޕެންޑިންގައި އެބަހުރި ކަމަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ހައުސްހޯލްޑް ޕާމިޓަށް އެދުމުގެ ފުރުސަތު ރޭ 8:00 ގައި ހުޅުވާލައިފައިވާ ކަމަށާއި އެގޮތުން ރެއިން ފެށިގެން މިހާތަނަށް 26،300 މީހަކަށް ހުއްދަ ދީފައިވާ ކަމަށެވެ.
"މިހާތަނަށް އަޅުގަނޑުމެންނަށް 26،300 ފަރާތަކަށް ހުއްދަ ދެވިފައި މިވަނީ. އަދި ޕެންޑިންގައި އެބަހުރި 6،939 ރިކުއެސްޓް" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، އެއް ފަހަރާ ގިނަ ބަޔަކު ހުއްދައަށް އެދުމުން ފުލުހުންގެ ޕޯޓަލްވެސް ޑައުންވި ކަމަށާއި އެކަމުގެ ސަބަބުންވެސް ލަސްތަކެއް އައި ކަމަށެވެ.
ހައުސްހޯލްޑް ޕާމިޓް ދެނީ ކޮންމެ ގޭބިސީއަކުން ދެމީހަކަށެވެ. އެ ހުއްދަ ދެނީ ގޭގެ ކަރަންޓް މީޓަރު ނަންބަރަށް ބެލުމަށް ފަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު