ކޮވިޑް 19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ސަރުކާރާއި ކަމާބެހޭ އިދާރާތަކުން ރައްޔިތުން ގޭގައި ތިބުމަށް އަންގާފައިވާ މި ދަނޑިވަޅުގައި ދިރާގުން ހިލޭ އިތުރު ޑޭޓާ އަދި ޑޭޓާގެ ހާއްސަ އޮފާތަކެއް ދިރާގު ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް ކަސްޓަމަރުންނަށް ދޭން ހަމަޖައްސައިފިއެވެ.
ކަސްޓަމަރުންނަށް ހިލޭ ޑެޓާ ލިބިގެން ދާނީ އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައިއެވެ.
- ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޖޫން މަހަށް %30 އިތުރު ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެ
- ދިރާގު ޕޯސްޓްޕެއިޑް އަދި ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް %25 އާއި %200 އާ ދެމެދުގެ ހިލޭ ޑޭޓާ ޖޫން މަހުގައި ލިބިގެންދާނެ
- ދިރާގު ޕޯސްޓްޕެއިޑް "ވަގުތުން ގެއަށް އިންޓަނެޓް" ކަސްޓަމަރުންނަށް %30 ހިލޭ އިތުރު އެލަވަންސް ޖޫން މަހުގައި ލިބިގެންދާނެ
- ދިރާގު ޕޯސްޓްޕެއިޑް ޑޭޓާ ސިމް ގެންގުޅޭ ކަސްޓަމަރުންނަށް %30 ހިލޭ އިތުރު އެލަވަންސް ޖޫން މަހުގައި ލިބިގެންދާނެ
- ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރާ ކޮންމެ ބޫސްޓާއަކުން ދެ ގުނަ އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެ
- މޯބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުން އެކްޓިވޭޓް ކުރާ ކޮންމެ ބޫސްޓާއަކުންވެސް ދެ ގުނަ އިތުރު ޑޭޓާ ލިބިގެންދާނެ
- ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް %50 އިތުރު އެލަވަންސް ކޮމްބޯ ޕޮލޭންތަކުން ލިބިގެން ދާ އިރު، %200 އިތުރު ޑޭޓާ އެލަވަންސް މިނީ ޑޭޓާ އެޑްއޮންތަކުން އެކްޓިވޭޓް ކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ލިބިގެންދާނެ
- ދިރާގު ޕްރީޕެއިޑް "ވަގުތުން ގެއަށް އިންޓަނެޓް" ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރާ ޕެކޭޖްތަކުން %30 އިތުރު ހިލޭ ޑޭޓާ އަލަވަންސް ލިބިގެންދާނެ
- ދިރާގު "ވަގުތުން ގެއަށް އިންޓަނެޓް" ބޫސްޓާ އެކްޓިވޭޓް ކޮށްގެން %100 އިތުރު އެލަވަންސް ލިބިގެންދާނެ
- ދިރާގު ޕްރީޕެއިޑް ޑޭޓާ ސިމް އިން އެކްޓިވޭޓް ކުރާ ޑޭޓާ އެޑް-އޮން ތަކުން %30 ހިލޭ އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެ
- ދިރާގު ޑޭޓާ ސިމް އިން އެކްޓިވޭޓް ކުރާ ބޫސްޓާތަކުން %100 އިތުރު އެލަވަންސް ލިބިގެންދާނެ
ކަސްޓަމަރުން އެކްޓިވޭޓް ކުރާ ޑޭޓާ އެޑް-އޮން އަދި ބޫސްޓާތަކަށް ހިލޭ އިތުރު ޑޭޓާ ލިބޭނީ މާދަމާއިން ފެށިގެން އަންނަ މަހުގެ ނިޔަލަށެވެ.
މީގެ އިތުރުން، ދިރާގު މަމެން ކަސްޓަމަރުންނަށް މިހާރު ހިނގަމުން ގެންދާ ޕްރޮމޯޝަނުގެ ދަށުން އަންނަ މަހުގެ 30ގެ ކުރިން އެކްޓިވޭޓް ކުރާ ޑޭޓާ އެޑް-އޮންތަކަށް %50 ޑިސްކައުންޓް ލިބިގެންދާނެއެވެ.
ދިރާގުން ބުނީ އެ ކުންފުނިން އުންމީދުކުރަނީ، އެ ކުންފުނިން ފޯރުކޮށްދީފައިވާ ހިލޭ އިތުރު ޑޭޓާގެ ސަބަބުން ކަސްޓަމަރުންނަށް ލުއިފަސޭހަތަކެއް ލިބި، ގޭގައި ރައްކާތެރިކަމާއެކު ތިބުމަށް އިތުރު ހިތްވަރަކަށް ވެގެންދިއުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު