ދައުލަތުގެ ހަރަދު ކުޑަކުރުމަށް މި ހާލަތުގައި ކުރެވޭނެ ކަންކަމާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، ލޯނު ނަގައިގެންވެސް ރައްޔިތުންނަށް އެހީތެރިވުމަކީ މިވަގުތަށް އެންމެ މުހިންމު ކަންތައް ކަމަށެވެ. އަދި ކުރީ އަހަރެކޭވެސް އެއްފަދައިން، މިއަހަރުވެސް ދައުލުގެ ހަރަދު ކުޑަކުރެވިދާނެ ގޮތްތަކާ މެދު މަސްވަރާ ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"ދައުލަތުގެ ހަރަދު ކުޑަކުރުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަޝްވަރާތައް ފިނޭންސް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީއާއެކުގައި މިހާރުވެސް އެބަ ކުރިއަށްދޭ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، މި ހާލަތުގައި ރައްޔިތުންނަށް ދެވޭނެ ލުއިތަކާ މެދު މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރުވެސް ވަނީ ކުރިއަށް އޮތް މަހަށް ފެން ބިލާއި ކަރަންޓު ބިލު ކުޑަކޮށްދޭން ނިންމާފައި ކަމަށް ރައީސް ވިދާޅުވިއެވެ.
ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން މިދިޔަ އަހަރު ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ސިޔާސީ މުވައްޒަފުން ނެގުން މެދުކަނޑާލުމާއި އިތުރުގަޑި ލިމިޓެ ކުރުމާއި މާލީ ހަރަދުތައް ލިމިޓް ކުރުން ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު