އެކަކު އަނެކެއްގެ ބޮލުގައި ތުހުމަތު ނާޅުވައި ކޮވިޑު ފެތުރުމުގައި ކޮންޓްރޯލް އަތުން ދޫވެއްޖެ ކަން ގަބޫލުކޮށް އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ނޫނީ މިބަލިން ސަލާތް ނުވެވޭނެ ކަމަށް މަޝްހޫރު އެތެރެހަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.
ޑރ. މުހައްމަދު އަލީ ވިދާޅުވީ ކޮވިޑުގެ ކޮންޓްރޯލް އަތުން ދޫވެއްޖެ ކަމަށާއި ވަރަށް އަވަހަށް ދިވެހީން އެކަން ގަބޫލު ކުރާނެ ކަމަށެވެ.
ކޮވިޑު ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި އެކަކު އަނެކަކުގެ ބޮލުގައި ތުހުމަތު އަޅުވަމުންދާ މަންޒަރު މިހާރު ފެންނަމުންދާ ކަމަށާއި އެކަމަކު ކޮވިޑް ކޮންޓްރޯލް ވުން އަތުން ދޫވެއްްޖެ ކަން ގަބޫލު ކުރުމުން ނޫނީ ބަލި ކޮންޓްރޯލް ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެެ.
ޑރ. މުހައްމަދު އަލީ ވިދާޅުވީ ވޭތުވެދިޔަ ދޮޅު އަހަރުވެސް ކޮވިޑް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރީ އެއްބަޔަކު ކަމަށާއި، އެ ޓީމު މިހާރު ކުރިއަށްވުރެ އެކަމަށް ފަރިތަ ވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެހެންކަމުން ގުޅިގެން މަސައްކަތް ކޮށްފިނަމަ މިކަން ކާމިޔާބު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ޑރ. މުހައްމަދު އަލީ އިތުރަށް ވިދާޅުވީ ކޮވިޑް ފެތުރޭ ނިސްބަތް ކޮންޓްރޯލް ނުވާ ނަމަ މިކަން ކޮންޓްރޯލް ކުރުމަށް ސިއްހީ ހިދުމަތްތެރީން ކުރާ މަސައްކަތް ފެންނަ މިންވަރު ކުޑަ ވާނެކަމަށެވެ.
ރާއްޖޭގައި ކޮވިޑު ކޮންޓްރޯލުން ނެއްޓިފައިވާއިރު މި ބަލި ޖެހޭ މީހުންގެ އަދަދު މިދިޔަ ހަފުތާއެއްހާ ދުވަހު ވެސް ހުރީ ދެހާހާ ކައިރި އަދަދެއްގައި ހިފެހެއްޓިފަ އެވެ. އަދި ދުވާލެއްގެ މައްޗަށް ފަސް މީހުން ނުވަތަ ހަ މީހުން މިބަލީގައި މަރުވެ އެވެ.
ސިއްހީ އެހިތެރިން އާދޭސް ކުރަމުން އަންނަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޯލަނބައި ފަރުދީ ޒިންމާ އެންމެންވެސް އަދާކުރުމަށެވެ. ކޮވިޑަށް ފަރުވާދޭ ފެސިލިޓީތަކާއި ހޮސްޕިޓަލްތަކުގެ އެނދުތައް މިހާރު ފުރިއްޖެ ކަމަށާއި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ގުޅިގެން އެންމެން މަަސައްކަތް ކޮށްދިނުމަށް ސިއްހީ އެހީތެރިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު