ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމުގެ މަސައްކަތް ނިމުމާ ގާތް ވެފައިވާ ކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނި، އެމްޓީސީސީން ބުނެފިއެވެ.
އޮގަސްޓް 2019 ގައި އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރީ 48.5 މިލިއަން ރުފިޔާ އަށެވެ. އެއީ 400 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 98 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އަދި އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް މިދިޔަ ބުރާސްފަތި ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.
މި މަޝްރޫއުގެ ދަށުން، 30,509 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 95 މީޓަރުގެ އެއްގަމު ތޮއްޓަކާއި 284 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލާނެއެވެ. އަދި 178 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.
އޭގެ އިތުރުން މަގުބައްތި އާއި ނެރު ބައްތި ހަރުކޮށް، 4,582 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހަދާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު