މާލޭގައި ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުންދާތީ ސާމްޕަލް ނެގުމަށް ފަސޭހަ ކުރުމަށްޓަކައި ސޯޝަލް ސެންޓްރުން ވެސް ސާމްޕަލް ނެގޭ ގޮތަށް ހަމަޖައްސައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މިއަދުން ފެށިގެން ސޯޝަލް ސެންޓަރުން ވެސް ސާމްޕަލް ނެގޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން އެތަން ހުޅުވާފައި ހުންނާނީ މެންދުރު 1:00 އިން ފެށިގެން ހަވީރު 3:30 އަށް ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އެތަނަށް ވަދެވޭނީ ރަސްފަންނު ސަރަހައްދުގައި ހުންނަ ގޭޓުންނެވެ.
ސޯޝަލް ސެންޓަރުގެ އިތުރުން މާލޭގައި މިހާރު ކޮވިޑް ސާމްޕަލް ނަގަމުން އަންނަނީ މާލެ ހިޔާގައި ގާއިމްކޮށްފައިވާ މަރުކަޒުންނެވެ.
މާލެއިން ކޮވިޑަށް ޕޮޒިޓިވް ވާ މީހުން އިންތިހާއަށް އިތުރުވެފައިވާއިރު، މާލޭ ސަރަހައްދުގައި ހިންގާ އަމިއްލަ ހޮސްޕިޓަލުތަކާއި ކުލިނިކުތަކަށް ފުލޫ ކުލިނިކު ހިންގުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
އެގޮތުން، އޭޑީކޭ ހޮސްޕިޓަލުގައި މިހާރު ވަނީ ކޮވިޑަށް ފަރުވާ ދޭ ހާއްސަ ޔުނިޓެއް ގާއިމުކޮށް، ފްލޫ ކްލިނިކެއްގެ ހިދުމަތްވެސް ދޭން ފަށައިފަ އެވެ. އަދި އެފްއޭމް ކުރިން ހިންގި އިމާރާތުގައި ސަރުކާރުން އަންނަނީ ފުލޫ ކްލިނިކެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު