ކޮވިޑު ޖެހިގެން އިތުރު މީހަކު މަރުވެ، އެބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ 121 އަށް އަރައިފިއެވެ.
އެޗްޕީއޭ އިން ބުނީ ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 59 އަހަރުގެ ފިރިހެނަކު މިއަދު ހަވީރު 4:15 ގައި މަރުވެފައިވާ ކަމަށެވެ. މިއާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 122 އަށް އަރައިފައެވެ.
ރާއްޖޭގައި އެންމެ ގިނައިން ކޮވިޑު ޖެހިގެން މީހުން މަރުވީ މިމަހުގައެވެ. މިމަހުގެ މިހާތަަނަށް 49 މީހަކު ވަނީ އެބަލީގައި މަރުވެފައެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން މަރުވެފައިވާ ޖުމުލަ 122 މީހުންގެ ތެރޭގައި ހިމެނެނީ 109 ދިވެހިންނާއި 13 ބިދޭސީންނެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު