ޓޮޓެންހަމްގެ އިނގިރޭސި ތަރި، ހެރީ ކޭން ބޭނުން ނުވާނެ އެއްވެސް ކޯޗެއް ދުނިޔޭގެ ފުޓުބޯޅައިގައި ނޫޅޭނެ ކަމަށާއި، އެހެންނަމަވެސް މިވަގުތު ކޭން ޓޮޓެންހަމްގައި ހުއްޓާ ޓްރާންސްފާގެ ވާހަކަ ނުދައްކާނެ ކަމަށް ޗެލްސީ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.
ހެރީ ކޭން ޓޮޓެންހަމް ދޫކޮށްލަން ބޭނުންވާ ކަމަށް އޭނާ ވަނީ ފާޅުގައި ބުނެފައެވެ. ތަށި ހޯދުމުގެ އިތުރުން ދުނިޔޭގެ ފުޓުބޯޅައިގައި އެންމެ މަތީ ފަންތިއަށް ދާން ބޭނުންވާ ވާހަކައިގެ އިތުރުން ދުނިޔޭގެ އެންމެ ވަރުގަދަ ކްލަބުތަކުގެ ޖާޒީގައި ކުޅެން ބޭނުންވާ ކަމަށްވެސް ކޭން ވަނީ ބުނެފައެވެ.
ކޭން އެހެން ބުނުމާއެކު ޓީމުތަކުން ވަނީ ކޭން ހޯދުމުގެ މަސައްކަތް ފަށާފައެވެ. ހާއްސަކޮށް އިނގިރޭސި ބޮޑެތި ހުރިހާ ޓީމަކުން ކަހަލަ ގޮތަކަށް ކޭން ހޯދުމަށް މަސައްކަތް ކުރާ ކަމަށް ހަބަރުތައް ބުނެއެވެ. ހާއްސަކޮށް ކޭންއަށް ޓޮޓެންހަމްގެ ފަރާތުން ހުށަހަޅާނެ ބޮޑު އަގު ދެވޭނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ދެޓީމަކީ ޗެލްސީ އާއި މެންޗެސްޓާ ސިޓީއެވެ.
"ކޭން ބޭނުން ނުވާނެ އެއްވެސް ކޯޗެއް ހުރި ނަމަ އެ ކޯޗެއް ހޯދާފައި އަހަންނަށް ދައްކާ! އަހަރެން ބޭނުން އޭރުން އެ ކޯޗެއް ގޯލް ޖަހުވަން ބޭނުންވާނެ ގޮތެއް ހޯދައި، އެޓޭކް ކުރަން އުޅެނީ ކޮން ގޮތަކުންތޯ ބަލަން. ހުރިހާ ކޯޗުންވެސް ބޭނުންވާނެ ކޭން. އެއީ ވަރަށް ސާފު ކަމެއް. އެކަމަކު އެއީ ޓޮޓެންހަމްގެ ކުޅުންތެރިއެއް. ޓޮޓެންހަމްގެ އެއްބަސްވުމުގައި ހުރީ. އެހެންވީމަ ޕްރެސް ކޮންފަރެންސެއްގައި ކޭންގެ ޓްރާންސްފާ ވާހަކަ ދެއްކުމަކީ އިހުތިރާމު ކުޑަކުރުން،" ޓުޗެލް ބުނެފައިވެއެވެ.
ޓޮޓެންހަމްގެ ޔޫތު ސިސްޓަމްގެ ތެރެއިން 2009 ވަނަ އަހަރު ސީނިއާ ޓީމަށް ޕްރޮމޯޓް ވި ކޭން، މިހާތަނަށް ޓޮޓެންހަމްއާއެކު ވަނީ 12 ސީޒަން ހޭދަކޮށްފައެވެ. ކްލަބާއެކު ކާމިޔާބީ ތަކަކާ ހަމައަށް ނުދެވި އޮތް ނަމަވެސް، އެ ކްލަބުގައި ދައްކަމުން އަންނަ ކުޅުމާއެކު މިހާރު ވެފައި ވަނީ މުޅި ދުނިޔޭގައިވެސް ހުރި އެންމެ މޮޅު އެއް ފޯވަޑަށެވެ. 2018 ވަނަ އަހަރު ވޯލްޑް ކަޕްގެ ރަން ބޫޓުވެސް ހޯދި ކޭން، އިނގިރޭސި ލީގުގައި މިހާތަނަށް ކުޅުނު 243 މެޗުން 165 ގޯލް ޖަހާފައިވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު