ކޮވިޑް ޖެހިގެން އިތުރު މީހަކު މަރުވެ، އެ ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 119 އަށް އަރައިފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި، މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއީ ކޮވިޑުގައި މިއަދު މަރުވި ތިން ވަނަ މީހާއެވެ.
ރާއްޖޭގައި އެންމެ ގިނައިން ކޮވިޑު ޖެހިގެން މީހުން މަރުވީ މިމަހުގައެވެ. މިމަހުގެ މިހާތަަނަށް 46 މީހަކު ވަނީ އެބަލީގައި މަރުވެފައެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މަރުވެފައިވާ ޖުމުލަ 119 މީހުންގެ ތެރޭގައި ހިމެނެނީ 106 ދިވެހިންނާއި 13 ބިދޭސީންނެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު