މާލޭ ސަރަހައްދުގައި ހިންގާ އަމިއްލަ ހޮސްޕިޓަލުތަކާއި ކުލިނިކުތަކަށް ފުލޫ ކުލިނިކު ހިންގުމުގެ ހުއްދަ ދިނުމަށް ނިންމައިފިއެވެ.

ހެލްތު މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މާލޭ ސަރަހައްދުގައި އަރިދަފުސް ރޯގާ އަދި ކޮވިޑް 19 ހަލުވިކަމާއެކު ފެތުރެމުންދާތީ، އާސަންދަ ހިދުމަތް ފޯރުކޮށްދިނުމަށް ރަޖިސްޓްރީ ވެފައިވާ އަމިއްލަ ހޮސްޕިޓަލުތަކުންނާއި ޕްރައިވެޓް ކުލިނިކުތަކުން ފުލޫ ކުލިނިކު ހިންގުމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.

އެ ފުލޫ ކުލިނިކުތައް ހިންގަން ވާނީ މިނިސްޓްރީންނާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާ ފުލޫ ކުލިނިކުތަކުގައި ހުންނަން ޖެހޭ މިންގަނޑުތަކާއި ފުލޫ ކުލިނިކު ހިންގުމަށް ކަނޑައަޅާ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތިން އެކަމަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުގައި ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ ފުލޫ ކުލިނިކު ހިންގުމަށް ޝައުގުވެރިވާ އަމިއްލަ ހޮސްޕިޓަލުތަކާއި ކުލިނިކުތައް މިނިސްޓްރީގެ [email protected] އީމެއިލަށް މިމަހުގެ 25 ވަނަ ދުވަހުގެ ކުރިން އީމެއިލްކުރުމަށް އެދޭ ކަމަށެވެ.