ގއ. ކަނޑުހުޅުދޫގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ ކަނޑުހުޅުދޫގައި 12 އަހަރުގެ ފިރިހެން ކުއްޖެއްގެ ކަންފަތުގައި ހިފައި އަނިޔާކުރި މައްސަލައެއް މިމަހުގެ 18 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އަނިޔާގެ ތަފްސީލެއް ފުލުހުން ނުދެއެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ މިހާރު ވަނީ ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށްވެސް ގެނެސްފައެވެ. އެ މައްސަލަ ޖެންޑާގެ ސަމާލުކަމަށް ގެނެސްފައިވަނީ އެރަށު ކައުންސިލުންނެވެ.