ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލައިގެ މައުލޫމާތު ޕްރޮސެކިއުޓާ ޖެނެރަލްއާ ހިއްސާކޮށްފައިވާ ކަމަށާއި އެކަމާ ގުޅޭ މަޝްވަރާ ލިބުމުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލައިގެ މައުލޫމާތު ޕްރޮސެކިއުޓާ ޖެނެރަލްއާ ހިއްސާކޮށްފައިވާ ކަމަށާއި އެކަމާ ގުޅޭ މަޝްވަރާ ލިބުމުން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޗީފް ސްޕޯކްސް ޕާސަން މުހައްމަދު ބަޝީރު ވިދާޅުވީ، އެ މައްސަލަ ފުލުހުންނާއި ޕީޖީ އޮފީހުން ގުޅިގެން ބަލަމުން އަންނަ ކަމަށާއި އަޅަން ޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އަޅަމުން ގެންދާނެ ކަމަށެވެ.
"ގެވެށި އަނިޔާގެ މައްސަލައިގައި އަޅުގަނޑުމެން ޕްރޮސިކިއުޓާ ޖެނަރަލް އޮފީހާ މަޝްވަރާކޮށް އެކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ފުލުހުން ހިއްސާ ކުރަން ޖެހޭ މައުލޫމާތުތައް އަޅުގަނޑުމެން ވާނީ ހިއްސާކޮށްފަ. އަދި އެކަމާ ގުޅޭ ޑިޝިޝަންތައް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން އަޅުގަނޑުމެނަށް މަޝްވަރާ ލިބުމުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ،" ބަޝީރު ވިދާޅުވި އެވެ.
އެ މައްސަލައިގައި މެންބަރު އީސަ ހައްޔަރު ކުރުމަށް އަމުރެއް ނެރެދިނުމަށް ފުލުހުން ވަނީ ޕީޖީ އޮފީހުގައި އެދިފަ އެވެ. އަދި ޕީޖީން މިހާރު ވަނީ އަމުރު ނެރެމަށް ކޯޓަށް ހުށަހަޅާފަ އެވެ. އެކަމާ ގުޅޭ ގޮތުން މިއަދު ކޯޓުން ވަކި ގޮތެއް ނިންމާނެ އެވެ.
މެންބަރު އީސަ ހައްޔަރު ކުރުމުގެ އަމުރަކަށް އެދިފައި މިވަނީ، އޭނާއާ ގުޅޭ ގޮތުން ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށް އެ މައްސަލަ ބަލަމުންދާތީ އެވެ. އެ މައްސަލަ ހުށަހެޅީ އީސަގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމްގެ އަވަށްޓެރިއެކެވެ. އަސްރާ އަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެކެވެ.
އެ މައްސަލައިގައި އަސްރާ އިއްޔެ ވަނީ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓަށް ގޮސް ބަޔާން ވެސް ދީފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު