މޯލްޑިވްސް ހަލާލް ޓްރެވެލް (އެމްއެޗްޓީ) ލޯންޗުކޮށްފިއެވެ.
އެމްއެޗްޓީ ލޯންޗުކޮށްފައިވަނީ މިއަދު ދުބާއީގައި ފެށި މިއަހަރުގެ އަރަބިއަން ޓްރެވެލް މާކެޓް (އޭޓީއެމް)ގައެވެ.
އެމްއެޗްޓީ ލޯންޗުކޮށްދެއްވީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދެވެ.
އެމްއެޗްޓީގެ މެނޭޖިން ޑިރެކްޓަރަކީ ރާއްޖޭގައި އިސްލާމިކް ޓޫރިޒަމް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމުގައިވާ ޑރ. ހުސައިން ސަނީ އުމަރެވެ.
ސަނީ އުމަރު ވިދާޅުވީ، އަރަބި މާކެޓަކީ 189 ބިލިއަން ޑޮލަރުގެ މާކެޓެއް ކަމަށާއި އަމާޒަކީ ރާއްޖެއަށް ވީހާވެސް ގިނައިން އަރަބި ފަތުރުވެރިން ގެނައުން ކަމަށެވެ.
"ކޮވިޑުގެ ޕެންޑަމިކުން އަޅުގަނޑުމެންނަށް ނަގައިދިން ފިލާވަޅަކީ ޓޫރިޒަމް ސެކްޓާ ޑައިވާސިފައިވެފައި އޮތުމުގެ މުހިންމުކަން." ސަނީ އުމަރު ވިދާޅުވިއެވެ.
މޯލްޑިވްސް ހަލާލު ޓްރެވެލްސްގެ ތެރޭގައި، އެކިއެކި އޮފާތަކާއި މުސްލިމުންނާއި ރައްޓެހި އަގުތަކާއި ޓްރެވެލް މެގަޒިންތަކާއި އެނޫންވެސް އަރަބި ޓޫރިޒަމަށް ބޭނުންވާނެ ގިނަ ކަންކަން ހިމެނެއެވެ.
އެމްއެޗްޓީން މިހާރު ވަނީ ޓްރެވެލް މެގަޒިންގެ ފުރަތަމަ އަދަދު ވެސް ލޯންޗުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު