ދ. ކުޑަހުވަދޫ ފުލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.
ކުޑަހުވަދޫ ކައުންސިލް ރައީސް އަހުމަދު ޝާމް މިރޭ "ވަން" އަށް ވިދާޅުވީ އެރަށު ފުލޫ ކުލިނިކަށް ދެއްކި މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވް ވީ ބަލިވެގެން ދެއްކި މީހަކު ކަމަށެވެ. ނަމަވެސް އޭނާގެ ހާލު މި ވަގުތު ރަނގަޅު ކަމަށް ވިދާޅުވި އެވެ.
ޝާމް ވިދާޅުވީ އެއީ މިދިޔަ ދުވަސްތަކުގައި އެއްވެސް ރަށަކަށް ދަތުރުކޮށްފައިވާ މީހެއް ނޫން ކަމަށެވެ. އެހެން ކަމުން އޭނާ އަށް ބަލި ޖެހުނު ގޮތް ހޯދުމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
ކުޑަހުވަދޫން މިހަކު ޕޮޒިޓިވް ވި ނަމަވެސް އެރަށް އަދި މޮނިޓަރިން އަށް ލާފައެއް ނުވެއެވެ.
ރާއްޖޭގައި ކޮވިޑު ޖެހޭ މީހުންގެ އަދަދު ހާހުން މައްޗަށް ގޮސްފައިވާއިރު މިހާރުވެސް 32 ރަށެއް ވަނީ މޮނިޓަރިން ހާލަތުގަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު