ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބާ ގުޅޭގޮތުން ހައިކޯޓަށް ހުށަހަޅާފައިވާ ޝަކުވާގެ މައްސަލަތަކުގެ އަޑުއެހުން މާދަމާ ފަށާނެ ކަމަށް އެކޯޓުން ބުނެފިއެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބާ ގުޅޭގޮތުން ހައިކޯޓަށް ވަނީ 12 ޝަކުވާއެއް ހުށަހަޅައިފައެވެ.

ހައިކޯޓަށް ހުށަހެޅި ޝަކުވާގެ މައްސަލަތަކުގެ ތެރެއިން އެ ކޯޓުން ބަލައިގަނެފައިވަނީ ހަ މައްސަލައެކެވެ. އެއީ ހއ. ފިއްލަދޫ، ކ. ތުލުސްދޫ، ލ. މާބައިދޫ، ގއ. ކޮނޑޭ، ތ. ކަނޑޫދޫގެ އިތުރުން ށ. ބިލެއްފެހިން ހުށަހަޅާފައިވާ ޝަކުވާގެ މައްސަލައެވެ.

ކޯޓުން ބަލައިނުގަތީވެސް ހަ މައްސަލައެކެވެ. އެއީ ށ. މިލަންދޫ، ޅ. ނައިފަރު، ވ. ފުލިދޫ، ތ. މަޑިފުށި، މައްޗަންގޮޅި އުތުރުގެ އިތުރުން ލ. އިސްދޫން ހުށަހެޅި މައްސަލައެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބާ ގުޅޭ ޝަކުވާ ހުށަހެޅުމަށް ހައިކޯޓުން ހުޅުވާލި ފުރުސަތު މިމަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.