ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރު ކުރި މީހުން މިދިޔަ މުއްދަތުގެ ތެރޭގައި ގިނަ ސިމްތަކެއް ބޭނުން ކޮށްފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަމީދު ވިދާޅުވީ، އެ ސިމްތަކާއި ފޯނުތައް ފެނިފައި ވަނީ އެ މީހުން ދިރިއުޅުނު ތަންތަނުން ކަމަށެވެ. އެގޮތުން މިއަދު ހައްޔަރު ކުރި މީހާ، ހަމަލާއަށްފަހުގައި އެކި ތަންތަނުގައި މަޑުކޮށް ކޮށްފައިވާ ފޯނު ކޯލުތަކާއި އެކަންކަން އިތުރަށް ބަލަމުން ދާ ކަމަށް ވިދާޅުވިއެވެ.
"މިހާރުވެސް އަޅުގަނޑުމެންނަށް އެސްޓަބްލިޝް ކުރެވިފައިވާ ފެކްޓެއް އެއީ އިއްޔެ ހައްޔަރު ކުރި ދެ މީހުންނާއި ރޭ ފަތިހުގައި ހައްޔަރު ކުރި ސަސްޕެކްޓާ، ހާއްސަ ގޮތެއްގައި މި ހަމަލާއާ ގުޅިގެން ހަމަލާ ކައިރިކޮށްފައި ނަގާފައިވާ ސިމްކާޑުތަކާއި ގަނެފައިވާ ފޯނުތަކާއި އެ ފަރާތްތަކުގެ ގެ ބަލައި ފާސްކުރި އިރު ހޯދިފައިވޭ،" ހަމީދު ވިދާޅުވިއެވެ.
ސީޕީ ވިދާޅުވީ، އެ ކޯލުތަކުގެ އެނަލިސިސް ހެދި އިރުގައި އިއްޔެ ހައްޔަރު ކޮށްފައިވާ ދެ މީހުންނާއި މިއަދު ހައްޔަރު ކުރި މީހާއާ ވާހަކަދައްކާފައިވާ ކަމަށެވެ. އަދި ހަމަލާއަށް ފަހުގައި ކޮށްފައި ހުރި ކޯލުތަކަކީ ކޮންބަޔަކަށް ކޮން ބޭނުމެއްގައި ކޮށްފައި ހުރި ފޯން ކޯލްތަކެއް ބަލާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު