ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިފައިވާ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ 75 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތުގެ 77 ޕަސެންޓްވެސް ނިމިފައިވާ ކަމަށް ބުންޏެވެ.

މި މަޝްރޫއުގެ ދަށުން 16،488 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައި، ފެން ހިންދާ ނިޒާމެއް ގާއިމުކުރާނެއެވެ.

އުނގޫފާރު ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގައެވެ. މި މަޝްރޫއުއަކީ 28.66 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.