ލ. ގަމުގައި ރޭ ދަމު ނަމާދު ކުރަމުން ދަނިކޮށް މިސްކިތަށް ވަދެ އިމާމަށް ހަމަލާދީ މިސްކިތަށް ގެއްލުން ދީފައިވާ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ލ. ގަމު، ތުނޑީ އަވަށު އާބާދީ ސަރަަހައްދުގައި ހުރި މިސްކިތުގައި ދަމު ނަމާދު ކުރަމުން ދަނިކޮށް، މީހަކު ވަދެ އަޑުގަދަކޮށް، މައިކް އެއްލައިލުމަށްފަހު ގޮސްފައިވާ މަައްސަލައެއް ރޭ 2:50ގައި ހުށަހަޅާފައިވާ ކަމަށެވެ.

މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާއިރު ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ގަމުގައި ރޭ ދަމު ނަމާދު ކުރަނިކޮށް މިސްކިތަށް ވަތް މީހާ ވަނީ ސަފުތައް ފޫއަޅުވާލުމަށްފަހު އިމާމުމީހާއާ ހަޑިހުތުރު ބަހުން މުއާމަލާތް ކުރުމަށްފަހު މިސްކިތުގައި ބޭނުން ކުރަމުން އަންނަ މައިކް ނަގައި ބިންމައްޗަށް އެއްލައިލުމަށްފަހު އެތަނުން ނިކުމެގެން ގޮސްފަ އެެވެ.

މިސްކިތުން ނިކުމެގެން ބޭރު މަގުމަތީގައި ހުރެގެންވެސް މިސްކިތަށް ގާ އުކާފާއިވާ ކަމަށް މައުލޫމާތު ލިބެ އެވެ.