ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހާލަތާ ގުޅޭ މައުލޫމާތުދިނުމަށް އޭޑީކޭ ހޮސްޕިޓަލުގެ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު މެންދުރުފަހު 2:30 ގައި ބޭއްވުމަށް ނިންމައިފިއެވެ.
ރައީސް ނަޝީދުގެ ގެކޮޅު، ގ. ކެނެރީގޭ ކައިރީ އައިޑީއެއް ގޮއްވާލައި ދިން ހަމަލާއާ ގުޅިގެން ލިބުނު އަނިޔާތަކަށް އަދިވެސް ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންނެވެ. އޭޑީކޭގައި ރައީސް ނަޝީދުގެ ސާޖަރީތައް ހެދުމަށް 16 ގަޑިއިރު ހޭދަވިއެވެ.
އޭޑީކޭ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ރައީސް ނަޝީދު ހާލަތާ ގުޅޭ މައުލޫމާތު ދިނުމަށް މެންދުރުފަހު 2:30 ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
ސާޖާރީތަކަށް ފަހު އޭޑީކޭ އިން އިއްޔެ މައުލޫމާތު ދިން ގޮތުގައި ރައީސް ނަޝީދުގެ ބޮލާއި މެޔާއި ބަނޑާއި އަތުގެ ސާޖަރީތަކެއް ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ. އަދި އެމަނިކުފާނުގެ ހާލު ސީރިއަސް ކަމަށް ވެސް އިއްޔެ އޭޑީކޭ އިން މައުލޫމާތު ދިނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު